Archive for August, 2011

އިއްޒަތްތެރި މެނަބަރުން ކޮމެޓީ އެލަވަންސާއެކު 82500ރ. ގެ މުސާރައެއްގައި

ރައްޔިތުން ތަމްސީލް ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މްނެބަރަކަށް މަހެއްގެ މައްޗަށް 62،500 ރުފިޔާ އަކީ މަދު އެއްޗެއްކަމަށް ނުބެލެވޭނެ. މެންބަރުންގެ މުސާރަ އާއި މެދު ވާހަކަ ދައްކަވަމުން ގިނަ މެންބަރުން ވިދާޅުވެފައިވަނީ، މިނިވަންކަމާއެކު ނުވަތަ ބަޔަކަށް ނުވިކި މަސައްކަތް ކުރެވޭނީ ބޮޑު މުސާރައެއް ކަނޑައަޅައި ގެންކަމަށް. ބައެއް މެންބަރުން ބުނަމުން ގެންދިޔައީ ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު މުސާރައަކީ ބޮޑު އެއްޗެއްކަމަށް. އެހެންނަމަވެސް އެމުސާރައިގަ މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއްވީތަނާ ކޮމެޓީ އެލަވަންސްއެއްގެ ގޮތުގައި އިތުރު 20،000 ލިބޭނެ ގޮތް މިހާރުވަނީ ހަމަޖައްސާފަ. މިފަހަރު މިއެލަވަންސް ކަނޑައެޅުމުގައި ބުނެފައިވަނީ ކޮމިޓީގައި ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ ކަމަށާއި އެބޭފުޅުން ތަމްސީލް ކުރައްވާ ދާއިރާއަށް އެހީވުމަށްފަހު އަތުގައި އޮންނަނީ ވަރަށް މަދު ލާރިކޮޅެއްކަމަށް. މިބަސްފުޅަކީ ތެދަކަށްވެދާނެ. ޔަގީންކުރެވޭ ކަމަކީ ހުރިހާ މެންބަރުންނަކީ އެބޭފުޅުންގެ ދާއިރާއަށް ޚަރަދު ކުރާނެ ބައެއް ނޫންކަން. އަދި އެބޭފުޅުން މަޖިލީހުގައި ގިނަ ވަގުތު ހޭދަކުރައްވާއިރު ގަޑީގެ ލާރިއެއް ނުކެނޑި މަސައްކަތް ކުރެއްވުމުންވެސް ހަމަ އެއްކަލަ 62،500 ރުފިޔާގެ މުސާރަ ޖީބަށް ލެވޭކަން.
ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ ކަމަށް ވިދާޅުނުވާ ހަމަ އެންމެ މެންބަރެއްވެސް އެ އިއްޒައްތެރި މަޖިލީހުގައެއް ނެތް. އެހެންނަމަވެސް އެބޭފުޅުން އަމިއްލަފުޅަށް ކޮމެޓީ އިނާޔަތެއްގެ ގޮތުގައި މުސާރަ ކަނޑައެޅުމަށްފަހު، އިގްތިސާދީ ހާލަތު ރަގަޅުވެ ތަކެތީގެ އަގުވެސް ކުޑަވެއްޖެހެން މަޖިލީހުގެ ތަޅުމުން ހީވަންފަށައިފި. މިހާރު އެކަމަށް އަތްއުފުލާ ނިޒާމީ ނުކުތާއެއް ނަންގަވާނެ މެންބަރެއްވެސް މަޖިލީހަކުން ނުފެނޭ.
މާދަމާ މަދަނީ ޖަމްއިއްޔާތަކުންނާއި އާންމު ރައްޔިތުންތަކެއް އިސްނަގައިގެން މުޒާހަރާއެއްވެސްވަނީ ބާއްވަން ހަމަޖެހިފައި. މިއީ ކޮމިޓީ އެލަވަންސާ ދެކޮޅަށް ބާއްވާ ދެވަނަ މުޒާހަރާ. އެހެންނަމަވެސް މިއަދާހަމައަށް ކޮމިޓީ އެލަވެންސް ބޭނުން ނޫންކަމަށް ބުނެފައިވަނީ އެންމެ 11 މެންބަރުން. ފާހަގަކުރެވޭ އެއްކަމަކީ މަޖިލީހުގެ ކޮމިޓީ އެލަވަންސް ބޭނުން ނޫންކަމަށް ވިދާޅުވިއިރު މަޖިލީހުގައި ތިއްބަވާ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ތެރެއިން ހަމަ އެއްމެބޭފުޅަކުވެސް ނުހިމެނޭކަން .
މިމުސާރަ މިގޮތަށް ކަނޑައެޅިއިރު މާލިއްޔަތު ކޮމިޓީން ބުނެފައިވަނީ އިތުރު އެލަވަންސް ދޭނެ އުސޫލެއް ކަނޑައަޅާފައިވަނީ މަޖިލީހުގެ ކޮމިޓީތަކުގެ ހާޒިރީ ރަގަޅުވެ މަސައްކަތުގެ އުފެއްދުންތެރިކަން ރަގަޅުވާނެ ގޮތަކަށްކަމަށް. ސުވާލަކީ މިހާރު މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ހަމަނުވެ ކޮމިޓީތަކުން އުފެއްދުންތެރި މަސައްތަކްތަކެއް ނުފެނިގެން މިއުޅެނީ މުސާރަ ކުޑަވެގެން އެކަމާ ހިތްހަމަ ނުޖެހިގެންތޯ؟ އެހެންކަމަށްވާނަމަ ބުނެވޭނީ އެބޭފުޅުން މަސައްކަތް ކުރައްވަމުންއަންނަނީ މުސާރައަށްކަން. ކޮމިޓީ އެލަވަންސް މިމަހު ދޭއިރު މާލިއްޔަތު ކޮމިޓީންވަނީ މުޅި ހަތްމަހަށްވާވަރަށް ގަނޑުކޮށް 140000 ރުފިޔާ ކޮންމެ މެންބަރަކަށްވެސް ގަނޑުކޮށްދިނުމަށް ނިންމާފަ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް މެމްބަރުންނަށް އަމިއްލަ އަށް ބޮޑު ނުކުރެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް ގައުމީ ޕާޓީން ވަނީ މިއަދު މަޖިލީހަށް ބިލެއް ހުށަހަޅާފައި އަދި މުސާރަ ކަނޑައެޅުމުގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ވެސް ހިމެނޭ މިނިވަން ކޮމިޓީއަކުން މެމްބަރުން މުސާރަ އެކުލަވާލަން ޖެހޭ ގޮތަށް ގައުމީ ޕާޓީން ހުށެހެޅި ބިލުގައިވޭ. ގައުމީ ޕާޓީން މިބިލް ހުށެހެޅުއްވިއިރު އެޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުވެސް ވަނީ މި އެލަވަންސް ބޭނުންކަމަށް ބުނާ މެންބަރުންގެ ތެރޭގައި.

Advertisements

August 29, 2011 at 7:24 am Leave a comment

ޓެސްއަކީ ކޮންމެ ގައުމެއްގައިވެސް މުއްސަނދިންނަށް އަމާޒުކުރެވޭ އެއްޗެއް

ޓެކްސް ނެގުމުގެ ނިޒާމަކީ ވަރަށް ބޮޑު މަސައްކަތެއް. އެހެންނަމަވެސް މިކަން ކުރުމުގައި އެތައް ގޮންޖެހުންތަކެއް ހުރިނަމަވެސް ރާއްޖޭގައި މިކަން ނުކޮށް މަޑުކުރެވޭކަށް މިހާރަކު ނެތް. ދުވަހުންދުވަހަށް ކުރާ ޚަރަދުތައް ދަރަންޏަށް ފައިސާ ނަގައިގެން ކުރުމަކީ ރަގަޅުކަމަކަށް ނުވާނެ. އެހެންކަމުން މިކަން ފޫބެއްދޭނެ ހަމައެކަނި ގޮތަކީ ޓެކްސް ނެގުން ކަމަށްވާނަމަ ދައުލަތަށް ލިބޭ އާންމުދަނީ އިތުރުކުރުމަށް ޓެކްސް ނަގަން މިހާރު ވަނީ މަޖުބޫރުވެފަ.
ސަރުކާރުގެ މާލީ އަދި އިގްތިސާދީ އިސްލާހީ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޓެކްސް ނެގުމުގެ ބައެއް ބިލްތަކަށް ތާއީދު ނުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުން. އެގޮތުން ސަރުކާރުން އެންމެ ބޮޑަށް ޕްރޮމޯޓް ކުރަމުންދާ އެއްބިލްކަމަށްވާ އިންކަމް ޓެކްސް ނެގުމުގެ ބިލް ހިމެނޭ. މިބިލަށް ތާއީދު ނުކުރައްވާނެ ކަމަށްވިދާޅުވެ އިދިކޮޅު ޑީއާރުޕީން ބުނެފައިވަނީ އިންކަމް ޓެކްސް އަކީ ސީދާ ރައްޔިތުންގެ އަތުންނަގާ ޓެކްސް އަކަށްވާތީ އެޕާޓީން އެކަމަށް ތާއީދު ނުކުރާނެ ކަމަށް. އަދި ބޮޑު އަދަދެއް އާންމު ދަނީން ޓެކްސް ނެގުމަކީ ތާއީދު ކުރާކަމެއް ނޫންކަމަށް. އެހެންނަމަވެސް ހަގީގަތަކީ އާންމުދަނީން ނެގޭ ޓެކްސް އަކީ މަހަކު 30000 ރ. އަށް ވުރެ މަދުން އާންމު ދަނީ ލިބޭ ރައްޔިތަކާ ގުޅުންހުރި ކަމެއް ނޫންކަން. މިގޮތަށް އިދިކޮޅުފަރާތްތަކުން ވިދާޅުވަމުންދާއިރު ރާއްޖޭގައި ގިނައީ މަހަކު 12000 ރ. އަށް ވުރެން ދަށުން މުސާރަ ލިބޭ ބޭފުޅުންކަން އިދިކޮޅުފަރާތްތަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު. މިގޮތަށް ބޮޑެތި ވިޔަފާރިވެރިން ނުވަތަ މަޖިލީހުގެ ބައެއް މެންބަރުންގެ ވިސްނުން ހުންނަ ކަމަށްވާނަމަ އާންމުދަނީން ޓެކްސް ދެއްކުމާ ދެކޮޅަށް ދެތުވާނަމަ އާންމުދަނީ ބެހުމުގެ ފަރަގު ދުވަހަކުވެސް ކުޑަވެގެން ނުދާނެ. ރައްޔިތުންނާ ސީދާ ގުޅުންހުރީ ވިއްކާ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީގެ ގޮތުގައި ނަގަން ހުށަހަޅާފައިވާ ފަސް ޕަސެންޓް ޓެކްސްއާ. އާންމުދަނީން ނަގާ ޓެކްސް އަކީ އާންމުދަނީ ބެހުމުގެ ފަރަގު ކުޑަކޮށްދޭ ވަސީލަތެއް.
އިންކަމް ޓެކްސްއަށް މިހާރު ނަގާ އެންމެ މަތީ މިންބަރަށް ބަލާއިރު އޮސްޓޭލިޔާގައި 54550 އޮސްޓްރޭލިއަން ޑޮލަރަށްވުރެ މަތިން ލިބޭ އާންމުދަނީން 45 ޕަސެންޓް ޓެކްސް ދައްކަންޖެހޭ. ރާއްޖޭގައި އާންމުދަނީން ޓެކްސް ނެގުމަށް މިހާރު އެކުލަވާލައިފައިވާ ބިލްގައި އޮތްގޮތުން 30000ރ. އާއި 60000ރ. އާ ދެމެދު އާންމުދަނީ ލިބޭ މީހެއްގެ އަތުން ތިން ޕަސެންޓް ނަގަން. އަދި 60001ރ. އާއި 100000ރ. އާއި ދެމެދު މިންވަރަކަށް އާންމުދަނީ ލިބޭނަމަ ދައްކަންޖެހޭނީ އޭގެ ހަ ޕަސެންޓް. އަދި 100001ރ. އިން ފެށިގެން 150000ރ. އާއި ހަމައަށް އާންމުދަނީ ލިބޭ ފަރާތްތަކުގެ އަތުން ނުވަތަ ނުވަޕަސަންޓް. އަދި 150000ރ. އަށް ވުރެ މަތިން އާންމުދަނީ ލިބޭނަމަ ނަގަނީ 15 ޕަސެންޓް.
ސަރުކާރުން މީގެ ކުރިންވެސް އައީ ނުސީދާކޮށް ޓެކްސް ނަގަމުން. މިސާލަކަށް ބަލާނަމަ އިމްޕޯޓް ޑިއުޓީ. އެހެންނަމަވެސް އޭގެ ފައިދާ ކޮންމެހެން ލިބެންޖެހޭ ދާއިރާތަކުން އޮތީ ޓެކްސް ނުނެގި. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ. މުއްސަދިން އަތްނުފޯރާފަށަށް ދިއުމުގެ ސިއްރަކީ މިއީ. މިހާރުވެސް ކަންތައް ވަމުން އަނަނީ މިގޮތަށް ކަމަށް ބެލެވެން ފަށައިފި. ސަބަބަކީ ރިސޯޓް އޯނަރުންނަށް ޓެކްސް ދެއްކުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރުން. އޮގޮތުން ޓީޖީއެސްޓީގެ ގޮތުގައި 2013 އިން ފެށިގެން 10 ޕަސެންޓް ނެގުމަށް އޮތް އޮތުން 8 ޕަސެންޓަށް ކުޑަކުރުމާ ވިތުހޯލްޑިން ޓެކްސް ނެގުން ކަނޑާލަންވެސް ސަރުކާރުންވަނީ އެއްބަސްވެފައިވާ ކަން ފާހަގަކުރެވޭ. އަދިވެސް މިފަދަ އެތަށް ލުއިތަކެއް ވަނީ އެފަރާތްތަކަށް ދިނުމަށް ސަރުކާރުން އެއްބަސްވެފަ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވެފައިވަނީ ދައުލަތަށް އާންމުދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 13.4 ބިލިއަން ރުރިޔާގެ ތެރެއިން 3.99 ބިލިއަން ރުފިޔާ ލިބެނީ އާޓެކްސްތަކުން. އަދި 2013 ވަނަ އަހަރު ލަފާކުރާ 14.3 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން 5.86 ބިލިއަން ރުފިޔާއަކީވެސް އަލަށް ތައާރަފްކުރާ ޓެކްސްތަކުން ލިބޭނެކަމަށް ލަފާކުރާ އާންމުދަނީ.
އަންނަ އަހަރު ޖީއެސްޓީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ. އަދި ފަރުދުންގެ އާންމުދަނީން ނަގާ ޓެކްސްއިން 300 މިލިއަން ރުފިޔާއާއި ވިޔަފާރިފައިދާއިން ނަގާ ޓެކްސްއިން 690 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވޭ.

August 29, 2011 at 6:11 am Leave a comment


Calendar

August 2011
M T W T F S S
« Nov    
1234567
891011121314
15161718192021
22232425262728
293031  

Posts by Month

Posts by Category


%d bloggers like this: