އިއްޒަތްތެރި މެނަބަރުން ކޮމެޓީ އެލަވަންސާއެކު 82500ރ. ގެ މުސާރައެއްގައި

August 29, 2011 at 7:24 am Leave a comment

ރައްޔިތުން ތަމްސީލް ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މްނެބަރަކަށް މަހެއްގެ މައްޗަށް 62،500 ރުފިޔާ އަކީ މަދު އެއްޗެއްކަމަށް ނުބެލެވޭނެ. މެންބަރުންގެ މުސާރަ އާއި މެދު ވާހަކަ ދައްކަވަމުން ގިނަ މެންބަރުން ވިދާޅުވެފައިވަނީ، މިނިވަންކަމާއެކު ނުވަތަ ބަޔަކަށް ނުވިކި މަސައްކަތް ކުރެވޭނީ ބޮޑު މުސާރައެއް ކަނޑައަޅައި ގެންކަމަށް. ބައެއް މެންބަރުން ބުނަމުން ގެންދިޔައީ ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު މުސާރައަކީ ބޮޑު އެއްޗެއްކަމަށް. އެހެންނަމަވެސް އެމުސާރައިގަ މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއްވީތަނާ ކޮމެޓީ އެލަވަންސްއެއްގެ ގޮތުގައި އިތުރު 20،000 ލިބޭނެ ގޮތް މިހާރުވަނީ ހަމަޖައްސާފަ. މިފަހަރު މިއެލަވަންސް ކަނޑައެޅުމުގައި ބުނެފައިވަނީ ކޮމިޓީގައި ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ ކަމަށާއި އެބޭފުޅުން ތަމްސީލް ކުރައްވާ ދާއިރާއަށް އެހީވުމަށްފަހު އަތުގައި އޮންނަނީ ވަރަށް މަދު ލާރިކޮޅެއްކަމަށް. މިބަސްފުޅަކީ ތެދަކަށްވެދާނެ. ޔަގީންކުރެވޭ ކަމަކީ ހުރިހާ މެންބަރުންނަކީ އެބޭފުޅުންގެ ދާއިރާއަށް ޚަރަދު ކުރާނެ ބައެއް ނޫންކަން. އަދި އެބޭފުޅުން މަޖިލީހުގައި ގިނަ ވަގުތު ހޭދަކުރައްވާއިރު ގަޑީގެ ލާރިއެއް ނުކެނޑި މަސައްކަތް ކުރެއްވުމުންވެސް ހަމަ އެއްކަލަ 62،500 ރުފިޔާގެ މުސާރަ ޖީބަށް ލެވޭކަން.
ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ ކަމަށް ވިދާޅުނުވާ ހަމަ އެންމެ މެންބަރެއްވެސް އެ އިއްޒައްތެރި މަޖިލީހުގައެއް ނެތް. އެހެންނަމަވެސް އެބޭފުޅުން އަމިއްލަފުޅަށް ކޮމެޓީ އިނާޔަތެއްގެ ގޮތުގައި މުސާރަ ކަނޑައެޅުމަށްފަހު، އިގްތިސާދީ ހާލަތު ރަގަޅުވެ ތަކެތީގެ އަގުވެސް ކުޑަވެއްޖެހެން މަޖިލީހުގެ ތަޅުމުން ހީވަންފަށައިފި. މިހާރު އެކަމަށް އަތްއުފުލާ ނިޒާމީ ނުކުތާއެއް ނަންގަވާނެ މެންބަރެއްވެސް މަޖިލީހަކުން ނުފެނޭ.
މާދަމާ މަދަނީ ޖަމްއިއްޔާތަކުންނާއި އާންމު ރައްޔިތުންތަކެއް އިސްނަގައިގެން މުޒާހަރާއެއްވެސްވަނީ ބާއްވަން ހަމަޖެހިފައި. މިއީ ކޮމިޓީ އެލަވަންސާ ދެކޮޅަށް ބާއްވާ ދެވަނަ މުޒާހަރާ. އެހެންނަމަވެސް މިއަދާހަމައަށް ކޮމިޓީ އެލަވެންސް ބޭނުން ނޫންކަމަށް ބުނެފައިވަނީ އެންމެ 11 މެންބަރުން. ފާހަގަކުރެވޭ އެއްކަމަކީ މަޖިލީހުގެ ކޮމިޓީ އެލަވަންސް ބޭނުން ނޫންކަމަށް ވިދާޅުވިއިރު މަޖިލީހުގައި ތިއްބަވާ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ތެރެއިން ހަމަ އެއްމެބޭފުޅަކުވެސް ނުހިމެނޭކަން .
މިމުސާރަ މިގޮތަށް ކަނޑައެޅިއިރު މާލިއްޔަތު ކޮމިޓީން ބުނެފައިވަނީ އިތުރު އެލަވަންސް ދޭނެ އުސޫލެއް ކަނޑައަޅާފައިވަނީ މަޖިލީހުގެ ކޮމިޓީތަކުގެ ހާޒިރީ ރަގަޅުވެ މަސައްކަތުގެ އުފެއްދުންތެރިކަން ރަގަޅުވާނެ ގޮތަކަށްކަމަށް. ސުވާލަކީ މިހާރު މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ހަމަނުވެ ކޮމިޓީތަކުން އުފެއްދުންތެރި މަސައްތަކްތަކެއް ނުފެނިގެން މިއުޅެނީ މުސާރަ ކުޑަވެގެން އެކަމާ ހިތްހަމަ ނުޖެހިގެންތޯ؟ އެހެންކަމަށްވާނަމަ ބުނެވޭނީ އެބޭފުޅުން މަސައްކަތް ކުރައްވަމުންއަންނަނީ މުސާރައަށްކަން. ކޮމިޓީ އެލަވަންސް މިމަހު ދޭއިރު މާލިއްޔަތު ކޮމިޓީންވަނީ މުޅި ހަތްމަހަށްވާވަރަށް ގަނޑުކޮށް 140000 ރުފިޔާ ކޮންމެ މެންބަރަކަށްވެސް ގަނޑުކޮށްދިނުމަށް ނިންމާފަ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް މެމްބަރުންނަށް އަމިއްލަ އަށް ބޮޑު ނުކުރެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް ގައުމީ ޕާޓީން ވަނީ މިއަދު މަޖިލީހަށް ބިލެއް ހުށަހަޅާފައި އަދި މުސާރަ ކަނޑައެޅުމުގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ވެސް ހިމެނޭ މިނިވަން ކޮމިޓީއަކުން މެމްބަރުން މުސާރަ އެކުލަވާލަން ޖެހޭ ގޮތަށް ގައުމީ ޕާޓީން ހުށެހެޅި ބިލުގައިވޭ. ގައުމީ ޕާޓީން މިބިލް ހުށެހެޅުއްވިއިރު އެޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުވެސް ވަނީ މި އެލަވަންސް ބޭނުންކަމަށް ބުނާ މެންބަރުންގެ ތެރޭގައި.

Advertisements

Entry filed under: Uncategorized.

ޓެސްއަކީ ކޮންމެ ގައުމެއްގައިވެސް މުއްސަނދިންނަށް އަމާޒުކުރެވޭ އެއްޗެއް

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Trackback this post  |  Subscribe to the comments via RSS Feed


Calendar

August 2011
M T W T F S S
« Nov    
1234567
891011121314
15161718192021
22232425262728
293031  

Most Recent Posts


%d bloggers like this: